ދިވެހިރާއްޖެ
ހދ ހިރިމަރަދޫ ޞިއްހީމަރުކަޒުގައި ގަރާޖަކާއި، ސްޓޯރެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 9 މާރިޗު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓުރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި ހިރިމަރަދޫ ޞިއްހީމަރުކަޒު ގައެވެ.
- މައުލޫމާތު ސާފުކުރުން
10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
- އަންދާސީ ހިސާބު ހުށަހެޅުން
16 މާރިޗު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.