ދިވެހިރާއްޖެ
އެސް.ޓީ.އޯ ހއ. ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް، އަމިއްލަ ވެހިކަލް އާއި މީހުން ބޭނުން ކޮށްގެން ހއ. ހޯރަފުށީގައި، 1 އަހަރު ދުވަހައް، މުދާ ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2022 މާރޗް 07 ވަނަ ދުވަހު 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 މާރޗް 07 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2022 މާރޗް 08 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހއ.ހޯރަފުށި ފިހާރައިގައި އޮންނާނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ފޮނުވަންވާނީ 2022 މާރޗް 13 ވަނަ ދުވަހު 1400 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344262
އީމެއިލް: [email protected]