މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލު މީހުންނެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތަނަށް ލިބޭ ލިޔެކިޔުންތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭތޯ ބެލުމާއި، ތަނުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުވުމާއި، އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  • ދުވަހު ޔައުމިއްޔާ ލިޔުއްވުމާއި އަހަރީ ރިޕޯޓް ތައްޔާރުކުރުވުން.
  • މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުވުމާއި ބަޖެޓުތައްޔާރުކުރުވުން.
  • ތަނަށް ބޭނުންވާ މެޑިކަލް އަދި ޖެނެރަލް ސަޕްލައިސް ހޯދުމުގެ މަސައްކަތް ހިނގާގޮތް ބަލައި، ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ތަނުގެ މެއިންޓެނަންސް މަސައްކަތްތައް ހިނގާގޮތް ބަލައި، ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އިދާރީ މުވައްޒަފުންނާއި، މަސައްކަތް ހަވާލުކުރުމާއި، ސުޕްވައިޒް ކުރުމާއި، ޕަރފޯމަންސް އެޕްރައިސަލް ހެދުން.
  • ބްލަޑް ކޭމްޕްތައް ރާވައި ހިންގުމާއި، ބްލަޑް ކޭމްޕްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  • އަމިއްލަޔަށް އެދިގެން ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބެލުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް ނުވަތަ އިދާރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މެނޭޖްމަންޓް ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މެނޭޖްމަންޓް ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ-2

ރޭންކް:GS-4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތެލެސީމިއާ އާ ބެހޭގޮތުން ޕޭޝަންޓުންނާއި ޕޭރަންޓުން އަދި އެހެނިހެން ފަރާތްތަކަށް ކައުންސިލިންގ ދިނުން.
  • ތެލެސީމިއާ ޓެސްޓްކުރާ މީހުންގެ ތެރެއިން ނޯމަލް ކާޑު ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް އެކަމާ ގުޅޭގޮތުން ކައުންސިލިންގ ދިނުން.
  • ކައުންސިލިންގ ދެވޭ މީހުންގެ ރެކޯޑުތައް ބަލަހައްޓައި ރިޕޯޓްތައް ތައްޔާރުކުރުމާއި ކައުންސިލިންގ ދިނުމުގައި ބޭނުންކުރަންޖެހޭ ތަކެތި ތައްޔާރުކުރުން.
  • ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޮޕަތީސް އާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި އެކަމާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުން.
  • ތެލަސީމިއާ އާ ބެހޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.

ތަޢުލީމާއި ތަޖުރިބާ

  1. ކައުންސިލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

މަޤާމު

އެސިސްޓެންޓް ޑޯނަރ ރެކްރޫޓްމަންޓް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ-2

ރޭންކް:GS-4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އައު ޑޯނަރުން ހޯދުމާއި މިހާރު ތިބި ޑޯނަރުން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އަމިއްލަޔަށް އެދިގެން ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ޑޯނަރ ރެކްރޫޓްމަންޓް އަދި ރިޓެންޝަނަށް ޕްރޮގްރާމް ހިންގުން.
  • ޑޯނަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް ނުވަތަ އިދާރީ ދާއިރާއިން ދިވެހިރާއަޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

މަޤާމު

ކްލިނިކަލް އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގރ-1

GS-3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ބަލިމީހާއާއި ޑޮކްޓަރާ ދެމެދު ދެކެވޭ ވާހަކަތަައް ދެފަރާތަށް ތަރުޖަމާކޮށްދިނުން.
  • ބަލިމީހާ ބެއްލެވުމާއި ބޭސްސިޓީ ލިޔުއްވުމުގެ ކަންތައްތަކުގައި ޑޮކްޓަރަށް އެހީތެރިވެދިނުމާއި، ޕޭޝަންޓުންނާއި ޕޭރަންޓުން އަދި އެހެނިހެން ފަރާތްތަކަށް ޑޮކްޓަރު ދެއްވާ ސެޓުފިކެޓު، ލިޔުން ފަަދަ ތަކެތި ލިޔެ ތައްޔާރުކޮށް އެފަރާތްތަކަށް ޙަވާލުކޮށް އޭގެ ރެކޯޑްތައް ބެލެހެއްޓުން.
  • ތެލެސީމިއާ ކުދިން ލޭއެޅުމަށް ބޭނުންކުރާ ކްރޮސްމެޗް ސްލިޕްގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  • ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޮޕަތީސް ކުދިން ރަޖިސްޓަރީ ކުރުމާއި އެކުދިންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އެކުދިންގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓުން.
  • ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ކުދިންނާއި، ހަދަން ދާ ކުދިންގެ އެންމެހައި ރެކޯޑުތައް ބެލެހެއްޓުމާއި، ދޫކުރަންޖެހޭ ލިޔުން ދޫކުރުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.
  • ލޭއެޅުމާ ބެހޭގޮތުން އަތޮޅުތެރެއަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުކޮށް ފޮނުވައި އަދި އޭގެ ރެކޯޑުތަކާއި އަތޮޅުތަކުން ލިބޭ ރެކޯޑުތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ

  • ޞިއްޙީ ދާއިރާ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގރ-1

GS-3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތަނަށް ލިބޭ ސިޓީތައް ކައުންޓަރުން ބަލައިގަނެ އަންނަ ފޯނުތަކަށް ޖަވާބު ދިނުން.
  • ތަނުގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • ތަނުގެ ތަފާސްހިސާބާ ބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ރާއްޖޭގައި ލޭނެގުމާއި ލޭއެޅުމުގެ މަސައްކަތްކުރާ ހުރިހާ ތަނަކުން އެކަމާގުޅޭ ތަފާސްހިސާބު ހޯދުން.
  • ތަނުގެ ސަރވިސް ލިސްޓު ތައްޔާރުކޮށް ބެލެހެއްޓުން.
  • ތެލެސީމިއާ ކުދިން ރަޖިސްޓަރީ ކުރުމާއި އެކުދިންގެ ރަޖިސްޓަރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި މެޑިކަލް ރެކޯޑްސް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  • މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS-2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސެންޓަރ ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްކުރުން
  • ސެންޓަރުގެ ހުރިހާ ފާޚާނާތަކާއި ސެންޓަރ ސާފުކުރުމާއި އެކަން ބެލެހެއްޓުން
  • އޮފީހުގެ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ހަލާކުވެ މަރާމާތެއް ކުރަން ވެފައި ހުއްޓާ ފެނިއްޖެނަމަ އަވަހަށް އޮފީހަށް އެކަން އެންގުން
  • އޮފީހަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމާއި ގެންނަންޖެހޭ ތަކެތި ބޭރުން ގެނެސްދިނުން
  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއި މަޑުމައިތިކަމާއެކު މުޢާމަލާތު ކުރުން
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރުމާއި، މަސައްކަތް ކުރަން ކަނޑައަޅާފައިވާ ތަނެއްގައި ހުރުން
  • ލެބޯޓްރީގައި ބޭނުންކުރާ ތަކެތި ރީއްޗަށް ދޮވެ ރަނގަޅަށް ސާފުކޮށް މަސައްކަތަށް ދަތިނުވާގޮތަށް އެތަކެތި ލިބޭގޮތަށް ބެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  • މަޤާމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ސަނަދެއް ހާސިލުކޮށްފައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • ސާފުތާހިރުކަން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ރަމަޟާން މަހުގެ ޢިނާޔަތް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

02 ސެޕްޓެންބަރު  2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެwww.mbs.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި ސަރވިސަސްގެ އިދާރީބައިން ލިބެން ހުންނާނެއެވެ.

 

 

19 އޮގަސްޓް 2014
ހޯދާ