މަޤާމު:
|
އެސިސްޓެންޓް އޮޑިޓަރ (އެމް.އެސް 2)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ:
|
-/6,295 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ކ. މާލެ
|
ސެކްޝަން:
|
އިންޓާރނަލް އޯޑިޓް ސެކްޝަން
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އޮޑިޓް ޕްލޭން ތައްޔާރުކުރުމުގައި ބައިވެރިވުން
- ކްލައެންޓް ޕޯޓްފޮލިއޯ ތައްޔާރުކޮށް އަޕްޑޭޓްކުރުމުގައި ބައިވެރިވުން
- އޮޑިޓް މެނުއަލް ތައްޔާރުކުރުމުގައި ބައިވެރިވުމާއި އޮޑިޓް މެނުއަލަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަނެ އޮޑިޓް މެނުއަލް އިޞްލާޙު ކުރުމުގައި ބައިވެރިވުން
- ސަރުކާރު އޮފީސްތަކުގެ އިންޓަރނަލް ކޮންޓްރޯލް ރިވިއުކޮށް އެކަމާބެހޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން
- ދިވެހިރާއްޖޭގައި ފާސްކުރެވޭ އޮޑިޓާ ގުޅުންހުރި ޤާނޫނުތަކާއި އަދި ނެރެވޭ ގަވާއިދުތަކާއި ދެންނެވުންތައް ދިރާސާކުރުން
- ސަރުކާރުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ޚަރަދުކުރާ އެކިއެކި ހަރަކާތްތައް އޮޑިޓްކޮށް އެކަމާބެހޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން
- އޮޑިޓްކުރުމަށް ފީލްޑަށް ގޮސް މަސައްކަތްކުރުން. މީގެ ތެރޭގައި އަތޮޅުތަކަށް އޮޑިޓަށް ދިއުން ހިމެނެއެވެ.
- އެކްސްޓާރނަލް އޮޑިޓަރުންނާ މުޢާމަލާތްކޮށް އެހީތެރިވުން
- މީޑިއާގައި ސަރުކާރުގެ ތަންތަނުގެ ހިސާބު ބެލެހެއްޓުމާއި، އޮޑިޓާއި، ކޮރަޕްޝަނާއި އަދި މިނޫނަސް އޮޑިޓުގެ ކަމަކާ ގުޅޭގޮތުން ޝާއިޢު ކުރެވޭ ނުވަތަ ބްރޯޑްކާސްޓް ކުރެވޭތަކެތި ދެނެގަނެ، ޑޮކިޔުމަންޓްކޮށް އޮޑިޓަރާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މެދުވެރިކޮށް އިންޓަރނަލް އޮޑިޓްގެ އެންމެ އިސްވެރިޔާއަށް ލަސްނުކޮށް ރިޕޯޓްކުރުން
|
އުޖޫރައާއި އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- އެކައުންޓިންގ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ސުންގަޑި:
|
04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|