ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ

 

    މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ގދ.ފިޔޯރީގައި ޤާއިމްކުރާ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން ހިލޭ ހައުސް ކަނެކްޝަން ގުޅުމަށް ބޭނުންވާ ތަންތަން ކަނޑައެޅުމަށްޓަކައި 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 01 މެއި 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހައުސް ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ތިރީގައި މިދަންނަވާ ލިޔުންތަކާއި އެކު ހުށައެޅުއްވުންއެދެމެވެ. ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އާއި ދެމެދު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށެވެ.

ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެތި:

  • ވެރިފަރާތުގެ އައިޑީކާޑު ކޮޕީ (ވެރިފަރާތް ނިޔާވެފައިވާނަމަ ވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީ)
  • އިމާރާތުގެ ރަޖިސްޓްރީގެ ސާފު ކޮޕީއެއް (ހުރިހާ ޞަފްޙާއެއް ހިމެނޭގޮތަށް)

ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ކަނޑައެޅިފައިވާ ތަންތަން:

  • ރަޖިސްޓްރީ ކޮށްފައިވާ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 01 (އެކެއް) ކަނެކްޝަން.
  • ރަޖިސްޓަރީ ކޮއްފައިވާ، އާއްމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 01 (އެކެއް) ކަނެކްޝަން.                                                 
  • ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 01 (އެކެއް) ކަނެކްޝަން.
  • ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖްތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 01 (އެކެއް) ކަނެކްޝަން.
  • ރަށުގެ ބަނދަރު ސަރަޙައްދަށް 1 (އެކެއް) ކަނެކްޝަން
  • މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 01 (އެކެއް) ކަނެކްޝަން.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

 

27 ފެބްރުއަރީ 2022

 

27 ފެބުރުވަރީ 2022
ހޯދާ