އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ފުޓްސަލް ދަނޑުގައި ބޯޅަގެޔަކާއި، ސްޓޯރޭޖް ރޫމާއި ފާހާނާ ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ނަންބަރު: A/IUL/344/2022/10

 

ޢިއުލާން

                        އއ.ފެރިދޫ ފުޓްސަލް ދަނޑުގައި ބޯޅަގެޔަކާއި، ސްޓޯރޭޖް ރޫމާއި  ފާހާނާ ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް  މިކައުންސިލުން ބޭނުންވެއެވެ.

                        މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 27 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 2 މާރޗް 2022  ވާ ބުދަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރުމަށްފަހު، އަމިއްލަ ފަރުދަކު ނަމަ އައިޑީކާޑު ކޮޕީ/ ކުންފުންޏަކުންނަމަ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީ އާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 9 މާރޗް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

                        މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2 މާރޗް 2022 ވާ  ބުދަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

27 ފެބުރުވަރީ 2022
ހޯދާ