ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓު އެޑްމިނިސްޓްރޭޓަރ
- މަޤާމު: ކޯޓު އެޑްމިނިސްޓްރޭޓަރ
- ރޭންކް: EX 1
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު / މާލެ،
- މުސާރަ: 8,835.00 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް) ރުފިޔާ އަދި ސަރވިސް އެލަވަންސް 2,000.00 (ދެހާސް) ރުފިޔާއާއި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ކޯޓުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، ކޯޓުން ޢާންމުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ހަރުދަނާކަމާއެކު ހަލުއިކޮށް، ޚަރަދު ކުޑަކޮށް، ދެވޭނެ އިންތިޒާމުތައް ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހަމަޖެއްސުމާއި އެކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
- މުވައްޒަފުންގެ މަސައްކަތްކަތަށް އަހުލުވެރިކޮށް މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙު އުފައްދައި ހީވާގި މުރާލި ބައެއްގެ ގޮތުގައި ކޯޓުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ކޯޓުން ކަނޑައަޅާ އުޞޫލަކުން އުފައްދައިދިނުން.
- ކޯޓުން އިދާރީގޮތުން ނިންމާ ނިންމުންތަކަކީ ދެފުށް ފެންނަ ޒިންމާދާރު ނިންމުންތަކެއްގެ ގޮތުގައި ހަދައި އެކަންކަން ކޯޓުން ކަނޑައަޅާ އުޞޫލަކުން ހާމަކޮށްދިނުން.
- ކޯޓުގެ އިދާރީ އެންމެހާ ލިއެކިއުންތައް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކި ތަންތަނަށް ކޯޓުން ފޮނުވަންޖެހޭ ލިޔެކިއުމާއި ކޯޓު އަމުރުތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން ރައްދުކުރުމާއި ކައުންޓަރުން ދޭންޖެހޭ ޚިދުމަތްތައް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯރުކޮށްދިނުން.
- ކޯޓުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދެނެގަނެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރު އިތުރުކުރުން.
- ކޯޓުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ އިންތިޒާމުތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން ހަމަޖެއްސުމާއި އެފަދަ ޕްލޭންތައް ތަންފީޛުކުރުން.
- ކޯޓުގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންވީ އެންމެ ބޮޑަކަށް ހިފޭނެ މަގު ފަހިކޮށްދީ އެފަދަ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު މުވައްޒަފުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ދެނެގަނެ އެކަންކަން ކޯޓުން ކަނޑައަޅާ އުޞޫލަކުން ކުރުން.
- މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އަޅައި އެކަންކަމާބެހޭ ރިކޯޑުތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން ބެލެހެއްޓުން.
- އެކި ފަރާތްތަކަށް ކޯޓުން ފޮނުވަންޖެހޭ އިދާރީ އަދި ފައިސާއާ ބެހޭ އެންމެހާ ލިއުންތަކުގައި ކުރަންޖެހޭ ސޮއިތައް ކުރުން. (މިގޮތުން ސޮއިކުރާނެ ލިއުންތަކުގެ ބާވަތްތައް ކަނޑައަޅާނީ އިސްޤާޟީއެވެ.)
- ކޯޓުން ރިކޯޑު ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރިކޯޑު ސާފުކުރުމުގެ އެންމެހާ ކަންކަން ކޯޓުން ކަނޑައަޅާ އުޞޫލަކުން ހިންގައި ބެލެހެއްޓުން.
- ކޯޓުގެ އިންވެންޓްރީއާއި ސްޓޮކް، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ބެހޭ ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުން.
- ކޯޓުގެ ޢިމާރާތް މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކަމާގުޅޭ ގަވާއިދުތަކާއި އެއްގޮތަށް ރާވައި ހިންގުން.
- ކޯޓު ހުޅުވައި ލެއްޕުމުގެ އެންމެހާ ކަންތައްތައް ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން ހަމަޖައްސާ އެހިސާބުތައް ޢާންމުކުރުމާއި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- މިނޫނަސް މުވައްޒަފުންނާ ބެހޭ އެންމެހާ ކަންކަމުގައްޔާއި އަދި އިދާރީ ކަންކަމާއި ފައިސާއާ ބެހޭ ކަންތައްތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.
- ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓެއްނަމަ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ).
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ގޮތަށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ).
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ސެޕްޓެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުތަކުގެ އިންޓަވިއު އަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދޭ ފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމު ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
24 ޝައްވާލު 1435
20 އޮގަސްޓް 2014
ހޯދާ