ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 ފެބުރުވަރީ 2022 13:50 ގައި ބާތިލް ކުރެވިފައެވެ.
ކެޔޮދޫ ސުކޫލު
ވ. ކެޔޮދޫ
ދިވެހިރާއްޖެ ނަންބަރު: GS70/IUL/2022/03
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އައު އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެ އެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 ފެބުރުވަރީ 27 ން 2022 މާރިޗް 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 8.00 ން 14.00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އިއުލާނުގައިވާ އީ މެއިލް އެޑްރެސް މެދުވެރި ކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު:
ރަޖިސްޓްރީ ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޯބައިލް ނަންބަރު:
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗް 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މާރިޗް 7 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައި އޮންނާނެ އެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 މާރިޗް 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
6. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެ އެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ.
ފޯން: 6700804 ، 7476523، 7468184
އީ-މެއިލް: [email protected]