ދިވެހިރާއްޖެ
އިޢުލާން
ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއް ޞާލިހާތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުލުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 09 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުނުތޯ ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަމްބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނި ނުވަތަ ވިޔަފާރީގެ ނަން
- ގުޅޭނެ ފޯން ނަންބަރު
އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތ. ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 03 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތ. ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. އިތުރަށް ސާފުކުރަން ބޭނުން ފުޅުވާނަމަ 09 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއެއިލް އަށް ނުވަތަ މި އިދާރާގެ ނަމްބަރ 6780702 ގުޅުއްވުން އެދެމެވެ.
26 ރަޖަބް 1443
27 ފެބްރުއަރީ 2022
އިސްމާޢީލް އިބްރާހީމް
ކައުންސިލްގެ ރައީސް