މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަގަސްތަކުގެ ވެރިފަރާތް ހޯދުން

 ފުނަގަސްތަކުގެ ވެރިފަރާތް ހޯދުން

އަލަށް ގޯތި ދޫކުރާ ސަރަޙައްދުން ތިރީގައިވާ ސަރަޙައްދުގެ މަގު/ގޯޅި ތަކުގައިވާ ކޮންމެހެން ނަގަންޖެހޭ ފުނަގަސްތައް ނެގުމަށްޓަކައި، މިއިދާރާއިން ކަޅުކުލައިން ނަންބަރު ޖަހާފައިވާ ފުނަގަސްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާއިން ޖަހާފައިވާ ނަންބަރު

ފުނަގަސްތައް ހުރި ސަރަޙައްދު

1 އިން 36އަށް

"މާވަހަރުވިލާ" (މުޙައްމަދު ސިހާމް) ގޯތީގެ އުތުރުމަގާއި ހުޅަނގުން މިބުރުގައި ގޯތި ދޫކުރާ ސަރަޙައްދު އަދި މަގުތައް)

 

ވީމާ، ފުނަގަސްތަކުގެ ވެރިފަރާތުން 07 މާރޗް 2022 ވާ (ހޯމަ) ދުވަހުގެ 13:00 ކުރިން، ފުނަގަހުގައި މިއިދާރާއިން ޖަހާފައިވާ ނަންބަރާއި ރުއްގަހުގެ ދަފްތަރު ނަންބަރު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް އަންގަވާދެއްވުން އެދި ދެންނެވީމެވެ.

ޤާނޫނު ނަންބަރު 98/21 މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މިކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ވެރިފަރާތެއް ވާކަން ނާންގާކަމުގައި ވާނަމަ ރުއްގަހުގެ ވެރިފަރާތެއް ނުވާކަމުގައި ބަލައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

26 ރަޖަބު 1443

27 ފެބްރުއަރީ 2022

27 ފެބުރުވަރީ 2022
ހޯދާ