މަޤާމުގެ ޝަރުޠު:
|
1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ބައްލަވައި ސޮއި ކުރެއްވުމަށްފަހު ފައިލް ކުރެއްވުމަށް ދެއްވުން.
- ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި އޯޑަރ ކުރުމަށް ހުށަހަޅާ ޚިދުމަތަށް އެދޭ ފޯމުގައި އޯޑަރ ކުރުމުގެ ހުއްދަ ދެއްވުން
- ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅައި، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
- ސްޓޮކް ބާކީ ފޮތް 3 މަހުން އެއްފަހަރު ޗެކުކޮށް ބަލައި 6 މަހުން އެއްފަހަރު ސްޓޮކް ބާކީ ކުރެވިފައިވަނީ ރަނގަޅަށްތޯ ބެލުން.
- ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ނޯޓު، ސިޓީ ފަދަ ލިޔުންތަކުގައި ވެރިޔާ ނެތް ހިނދެއްގައި ސޮއިކުރެއްވުން.
- އަހަރު ރިޕޯޓު ތައްޔާރުކޮށް މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
- ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި އަދި އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލް ކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތް ކުރުން.
- މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް އެންމެންގެ އެއްބާރުލުމާއެކު މަސައްކަތް ކުރާނެ މާހައުލެއް ޤާއިމުކުރުން.
- ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވި ކުރުމަށާއި އަދި ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ އިސްލާޙީ ފިޔަވަޅުތައް އެންމެ އިސްވެރިޔާއަށް ހުށަހެޅުން.
- ސެންޓަރުގައި އޮންނަ މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުމާއި އަދި އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ ޖަލްސާތައް ޗެއަރ ކުރެއްވުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
- އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ލިޔުމުން ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
01 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 6 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|