މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ

ނަމްބަރ : 03/AFC/HR/2022

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ލޭބަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެފް.ޕީ.އެލް.ޑީ/ އައްޑޫ އައިސް ޕްލާންޓް / ސ.ހިތަދޫ

ޖުމްލަ މުސާރަ:

8019.00 (އަށް ހާސް ނަވާރަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ކޮއްތުފައިސާގެ ގޮތުގައި ދުވާލަކަށް 60/- ރުފިޔާ ދެވޭނެއެވެ.         

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ލިޔަން ކިޔަން އެގުން / މަސައްކަތުގެ ތަޖުރިބާހުރި މީހެއްކަމުގައިވުން / ގިނަވަގުތު މަސައްކަތުގައި އުޅެވޭ   ހީވާގި މީހެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ހެދުނު ޑިއުޓީގަ ކައްޓާ އަދި ގާޑިޔާ ދޮވެ ސާފު ކުރުން.
  • އައިސް އަޅައިނިމުމުން ކޭޓް ތައް ތަރުތީބު ކޮށް ބެލެހެއްޓުން.
  •  ކެޝިއަރ ނުވަތަ އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި މީހަކު، އައިސްޕްލާންޓްގައި ނޫޅޭ ވަގުތެއްގައި އައިސް ގަންނަށް ދޯންޏެއް އައިސްފިނަމަ ލަސްނުކޮށް ކެޝިއަރ ނުވަތަ އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި މީހަކަށް އެކަން އެންގުން.
  • އައިސް ޕްލާންޓަށް ޙިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި ކަސްޓަމަރުންނާއި ޑީލްކުރުމުގައި ރީތިއުސޫލުތައް ގެންގުޅުން.
  • ކޮންމެހެން ދިއްލަން ޖެހޭ ބޮކިތަށް ނޫނީ އެހެން ހުރިހާ ބޮކިތައް ނިއްވާލުމާއި، ހެދުނު އަލިވުމާއެކު ބޭރުގަ ދިއްލާފަ ހުރި ހުރިހާ ދިއްލުމެއް ނިއްވުން.
  • އައިސްޕްލާންޓާއި، އައިސްޕްލާންޓަށް ކަޑައެޅިފައިވާ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދީގެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ  [email protected]
  •             [email protected]
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ03 މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް:މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ އައިސް ޕްލާންޓް، ސ. ހިތަދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ފެބުރުވަރީ 2022
ހޯދާ