ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު ކައުންސިލް އިދާރާއަށް 2 ޓަނުގެ ޑަމްޕް ޓްރަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)264/PRIV/2022/7 (25.01.2022) އިޢުލާންވަނީ ޝަރުޠު ހަމަވާ އަންދާސީހިސާބެއް ނެތުމުގެ ސަބަބުން ބާޠިލްވެފައެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 09 މާރޗު 2022 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓަރކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/FzooorX6svdbWUQw6
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 މާރޗު 2022 ވާ (ބުރާސްފަތި) ދުވަހުގެ 10:00ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް ހޯދުމަށް ސަމާލުކަންދިނުން އެދެމެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 މާރޗު 2022 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް:[email protected]