ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގެ ނިންމުން
                                | 
 ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް  | 
|||
| 
 ބައްދަލުވުމުގެ ނަންބަރު:  | 
 4 ވަނަ ދައުރުގެ 31  | 
 ބައްދަލުވުމުގެ ބާވަތް:  | 
 އާއްމު ބައްދަލުވުން  | 
| 
 ބައްދަލުވުން ބޭއްވި ތާރީޙް:  | 
 24 ފެބްރުއަރީ 2022  | 
 ބައްދަލުވުން ބޭއްވި ގަޑި:  | 
 10:30  | 
ނިންމުންތައް
- ރަމަޟާންމަހައް މިސްކިތްތައް އާބާތުރަފިލުވުމުގެގޮތުން ކައުންސިލްގެ ބަޖެޓް ތަންދޭނަމަ މިސްކިތްތަކުގެ ފަންކާތަކާއި ކުލަ ބަދަލުކުރުމަށާއި އަދި މިނޫންވެސް ބޮޑުހަރަދަކާއިނުލައި ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމަށްފަހު ކައުންސިލްގެ ބެލުމުގެދަށުން ވީއެންމެ އަވަހަކަށް ކުރިޔައްގެންދިއުމަށާއި މިސްކިތްތައް މަރާމާތުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ހޯދުމަށް ނިންމުނު.
 - ރަމަޝާންމަހު ކައުންސިލުންދެމުންއަންނަ ރޯދަހަދިޔާ ބަޖެޓްކުރެވިފައިނުވާތީ މިމަސައްކަތް ކުރެވިދާނޭ އިތުރު ގޮތްތައް ބެލުމަށްފަހު ކުރިޔައްއޮތް ހަފްތާ ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކުރުމަށް ނިންމުނު.
 - 2022 ވަނަ އަހަރުގެ ކުނިމެނޭޖްކުރުމާ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު އެއްބަސްވުމަށް މަސައްކަތް މޮނިޓަރކުރާނޭ ފަރާތެއްގެ ގޮތުގައި ދާއިރާ ބަލަހައްޓާ ކައުންސިލަރ އަދި އެއްބަސްވުންތަކުގައި ބޭންކު އެކައުންޓުގެ މައުލޫމާތު ހިމެނުމަށްނިންމުނު.
 
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
             24 ފެބުރުވަރީ 2022
            
        
                    ހޯދާ  
                
                