މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓެއް ހޯދުމަށް (ކޮންޓްރެކްޓް)

ނަމްބަރ: (IUL)295-B/2022/13

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

         ނ.ހޮޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މުއައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:       

01 (އެކެއް)

ރޭންކް:

އެސް.އެސް 1

މުއްދަތު:

01 އަހަރު

މުސާރައާއި ޢިނާޔަތް:

މުސާރަ މަހަކު 3,100.00 ރުފިޔާ

ސަރވިސް އެލަވަންސް 1,000.00 ރުފިޔާ

 

އެލަވަންސް: 

ސަޕޯރޓިންގ ކޯރ އެލަވަންސް:   1,200.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:      1,700.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 08 ގަޑިއިރު (މިވަގުތުގެ ތެރޭގައި 01 ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ.)

މީގެއިތުރުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ނ. ހޮޅުދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޤާބިލް މީހެއް ކަމުގައިވުން

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކުނިކޮށީގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  2. ޕާރކްގައިވާ ތަކެއްޗާއި އައުޓްޑޯރ ޖިމްގައިވާ ތަކެތި ސާފުކުރުން
  3. ބަނދަރު ރެއިލިންގްތައް ސާފުކުރުން
  4. ފުޓްބޯޅަދަނޑު ސާފުކުރުން
  5. ބަނދަރުގައިވާ ނ.ހޮޅުދޫ ނަންބޯޑް ސާފުކުރުން
  6. ޤަބުރުސްތާނު ސާފުކުރުން
  7. މަގުމަތީގައިވާ ކާނުތައް ސާފުކުރުން
  8. މިނޫންވެސް ކައުންސިލުން އަންގާ މުނިސިޕަލް ސަރވިސްގައި ހިމެނޭ މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މާރޗް 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 03 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

23 ފެބްރުއަރީ 2022

23 ފެބުރުވަރީ 2022
ހޯދާ