ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން:
- ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އެގޮތުން ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- ލޯގޯ ފަރުމާ ކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިންގ މިހޮސްޕިޓަލްގެ ޕްރޮކިއުމެންޓް އީ-މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ފޮނުވައި ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ފޯނު ނަންބަރު 6521665 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
24 ފެބުރުވަރީ 2022
ހޯދާ