ދިވެހިރާއްޖެ
އިޢުލާން
1443ވަނައަހަރުގެރަމަޟާންމަހުމިރަށުމަސްޖިދުއްނަސްރު މިސްކިތުގައިއިމާމްވެޙިފްޡްކޮށްތަރާވީޙްނަމާދުކޮށްދޭނެފަރާތެއްހޯދުމާބެހޭ
1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުމަސްޖިދުއްނަސްރުމިސްކިތުގައިއިމާމްވެ ޙިފްޡްކޮށްތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ފޯނުނަމްބަރު 66600858 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރަށްވާނަމަ،[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުމުގައި ސަމާލުކަންދޭންވީ ނުކުތާތައް
-
ކޯޓޭޝަން ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ ލެޓަރ ހެޑްގައެވެ.
-
ކޯޓޭޝަންގެ ޖުމްލަ އަގުގައި ޙާފިޡުގެ ދަތުރު ޚަރަދުތައް ހިމަނާފައިވުން
-
ކޯޓޭޝަންގެ ޖުމްލަ އަގުގައި ޙާފިޡުގެ ހުރުމާއި ކެއުމުގެ ޚަރަދު ހިމަނާފައިވުން
-
އަދި އެހެނިހެން ޚަރަދެއް ކުރަންޖެހޭނަމަ، އެޚަރަދެއްވެސް ކޯޓޭޝަންގެ ޖުމްލަ އަގުގައި ހިމަނާފައިވުން
މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
23 ރަޖަބު 1443