ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއޮފީހުން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް މިއޮފީހަށް ކޮމްޕިޔުޓަރ، ޕްރިންޓަރ، ލެޕްޓޮޕް އަދި ޕްރޮޖެކްޓަރ ސްކްރީން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއަށް ތިރީގައިމިވާ ތަކެތި ގަންނަން ބޭނުންވާތީ، މިބާވަތުގެ މުދާ އާންމުކޮށް ވިއްކައިހަދާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

  • 02 ޑޮކިއުމަންޓް ސްކޭނަރ
  • 01 A4 އިންކްޖެޓް ކަލަރ ޕްރިންޓަރ
  • 2 ލޭޒަރ ޕްރިންޓަރ
  • 07 ޑެސްކްޓޮޕް ސިސްޓަމް
  • 08 ޑެސްކްޓޮޕް  މޮނިޓަރ
  • 07 ލެޕްޓޮޕް
  • 01 ޕްރޮޖެކްޓް ސްކްރީން

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2022 އިން 3 މާރޗް 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ފޯރމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 

 ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  06 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 މާރޗް 2022 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected]   އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

24 ފެބުރުވަރީ 2022
ހޯދާ