ދިވެހިރާއްޖެ
އިޢުލާނު
|
|||||||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓަރ |
||||||||||||||
މަޤާމުގެ ނަންބަރު: |
J-271717 |
||||||||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||
މަޤާމުގެ ރޭންކު: |
އެމް. އެސް 3 |
||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުލިގަމު ސްކޫލް / ހއ. އުލިގަން |
||||||||||||||
މުސާރަ: |
7035.00 ރ. |
||||||||||||||
ސަރވިސް އެލަވަންސް: |
2000.00 ރ. |
||||||||||||||
އެހެނިހެން އެލަވަންސް: |
- ސަޕޯޓިންގ ކޯރ އެލަވަންސް މަހަކު -/900 ރުފިޔާ - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލް ބަޖެޓަށް ލިބޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ސެކްޝަންގެ މުވައްޒަފުން ލައްވާ ކުރުވާ ބެލެހެއްޓުން. 2. ބިދޭސީ ޓީޗަރުންގެ ވިސާގެ މަސައްކަތް ކުރުވުން. 3. ސްކޫލުން ކުރަންޖެހޭ ދަތުރުތައް ރާވާ އިންތިޒާމްކުރުން. 4. ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑްގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަންގެ މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން. 5. ސްކޫލްގެ އިމާރާތްތަކާއި ތަކެތީގެ ތަޅުދަނޑި ތަކުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. 6. ސްކޫލްގެ އިމާރާތްތަކާއި، ހަރުމުދަލަށް ލިބޭ ގެއްލުންތައް މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ބެލެހެއްޓުން. 7. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް (ޕީޓީއޭގެ ކޯޑިނޭޓަރ އަދި ޕީޓީއޭ އާ މަޝްވަރާކޮށްގެން) މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްދޭތޯ ބައްލަވައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން. 8. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާ އަދި ސްކޫލްބޯޑުގެ އެންމެހައި ކަންތައްތައް ސްކޫލްގެ ފަރާތުން ކޯޑިނޭޓްކޮށް ބެލެހެއްޓުން. 9. ދިވެހި ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން އަދި އިދާރީ މުވައްޒަފުން އަމަލުކުރޭތޯ ސުޕަވައިޒްކުރުން. 10. އިދާރީ ހުރިހާ މަސައްކަތެއް ބަލަހައްޓާ މޮނިޓަރކޮށް ހަރުދަނާކުރުން އަދި އަހަރީ ޕްލޭން އެކުލަވާލުން. 11. ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކާއި ޖަލްސާތަކަށް ތައްޔާރުކުރުމުގައި އެހީތެރިވުމާއި މުވައްޒަފުންލައްވާ އެކަން ކުރުވުން. 12. ސްކޫލްގެ ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމާއި ލެބްފަދަ ތަންތަން ހުރީ ފުރިހަމައަށް ތައްޔާރުވެފައިތޯ ބަލާ ގަވައިދުން ޗެކް ކުރުން. 13. ސްކޫލް ގޯތިތެރެއާއި މަގާއި އިމާރާތްތައް މަސައްކަތު މުވައްޒަފުން ލައްވާ ސާފުކުރުވުން. 14. ބޯފެނާއި ފާޚާނާގެ ނިޒާމު ބަލާ ޗެކްކުރުން. 15. އިދާރީ ހިންގުމާއި ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ ބެލެހެއްޓުން. 16. މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި ބެހޭ ގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން. 17. ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް ވަކި މުވައްޒަފަކާ ޙަވާލުކުރައްވައިގެން ފައިސާއާއި ބެހޭ ސެކްޝަންގެ މަޝްވަރާގެ މަތިން ހޯދާ ލިބިދިނުން. 18. ޕަބުލިކް ރިލޭޝަންސާއި ގުޅޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމާއި، ސްކޫލުން ރާވާ އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށް ގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައި ކުރުވުމާއި، އެއްބާރުލުން ދިނުން. 19. އޮފީހުގެ އެހެން މުއައްޒަފުންނާ ގުޅިގެން އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ހިންގުމާއި އޮފީހުގެ އެންމެހާ ކަންތައްތައް ހިނގާނުހިގާގޮތް ބެލުން. 20. ނިންމަންޖެހޭ އެއްމެހާ ރިޕޯޓްތަކާއި، ލިޔެކިޔުންތައް ސުންގަޑިއަށް ނިންމާ ފޮނުވާކަން ކަށްވަރުކުރުން.
|
||||||||||||||
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
||||||||||||||
ތަޢުލީމީ ރޮނގުތައް: - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން |
|||||||||||||||
ޕްރިފަރޑް ޑިސިޕްލިންތައް: - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯރ ޑިސިޕްލިންތައް: ނެތް ގުޅޭ ވަޒީފާގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ. |
|||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ ފިޔަވައި ރާއްޖޭގެ މަތީ ތަޢުލީމުދޭ އެހެން މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ހުށައަޅާނަމަ ލިޔުން ބަލައި ގަނެވޭނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚް ލިޔުމުގައި ހިމަނާފައިވާ ނަމައެވެ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". ނޯޓް: މި މަޤާމަށް މީހަކު ހޯދުމަށް މީގެ ކުރިން، 12 ސެޕްޓެމްބަރ 2021 ގައި ކުރެވިފައިވާ މި ސްކޫލްގެ ނަންބަރު (IUL)GS80/2021/21 އިޢުލާނާ ގުޅިގެން މަޤާމަށް ކުރިމަތިލެއްވި ޝަރުޠުހަމަވާ އެއްވެސް ފަރާތަކުން މި އިޢުލާނަށް އިޖާބަދެއްވަން ބޭނުންވެ ލައްވާނަމަ ވަޒީފާއަށް އެދޭ ފޯރމް އަލުން ހުށައަޅުއްވަން ވާނެއެވެ. މި ޙާލަތުގައި، ކުރީގެ އިޢުލާނާ ގުޅިގެން ހުށައެޅުއްވި އެހެނިހެން ލިޔެކިޔުންތައް އަލުން ހުށަ ނޭޅުއްވިޔަސް ފުދޭނެއެވެ. |
||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރޗް 2022 ގެ 10:00 ގެ ކުރިން، އުލިގަމު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އަދި ޕްރެޒެންޓޭޝަން ހުށައެޅުން އޮންނާނީ، 13 މާރޗް 2022 އާއި 19 މާރޗް 2022 އާ ދެމެދު، އުލިގަމު ސްކޫލް ގައެވެ. |
||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500548 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |