ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

(IUL)146-A1/1/2022/12:ނަންބަރު

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

 

ބޭނުންވާ ޢަދަދު:

12  

ކޯޓު/އިދާރާ:

ފެމިލީ ކޯޓު

އެލަވަންސް:

-/250 ރުފިޔާ (އަޤުދުކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

- ވަނަވަރު

- އައިޑީކާޑުގެ ކޮޕީ

- ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

- ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ.

ސުންގަޑި:

06 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

- ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504

24 ފެބުރުވަރީ 2022
ހޯދާ