މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިރޭ މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކާ ކަސްޓަމްސްއަށް ހުށަހަޅާ އިންވޮއިސްއާއި ގުޑްސް ޑިކްލަރޭޝަނުގައި މަހުގެ އެކި ބާވަތްތައް އެއްކޮށްލުމަށްފަހު އެއް އައިޓަމެއްގެ ގޮތުގައި ބައެއް އެކްސްޕޯޓަރުން ޑިކްލެއަރ ކުރުމާއި ގުޅޭ

ދިރޭ މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކާ ކަސްޓަމްސްއަށް ހުށަހަޅާ އިންވޮއިސްއާއި ގުޑްސް ޑިކްލަރޭޝަނުގައި މަހުގެ އެކި ބާވަތްތައް އެއްކޮށްލުމަށްފަހު އެއް އައިޓަމެއްގެ ގޮތުގައި ބައެއް އެކްސްޕޯޓަރުން ޑިކްލެއަރ ކުރަމުންދާކަން މިހާރަކަށް އައިސް ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން އެކްސްޕޯޓުގެ ތަފާސްހިސާބު ބެލެހެއްޓުމުގައި ދަތިތަކާ ދިމާވެއެވެ.

ވީމާ، 2022 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ފާނަ (GROUPER) އާއި އެނޫންވެސް ދިރޭމަސް (LIVE FISH) އެކްސްޕޯޓްކުރުމަށްޓަކާ ހުށަހަޅާ އިންވޮއިސްއާއި އެކްސްޕޯޓް ޑިކްލަރޭޝަނުގައި ކޮންމެ އައިޓަމެއް / ބާވަތެއްގެ ތަފްސީލާއި، ސައިޒާއި، ސައިންޓިފިކް ނަމާއި ސައްޙަ އަގު ވަކިން އެނގޭނެ ގޮތަށް ޑިކްލެއަރ ކުރުމަށް ދެންނެވީމެވެ. އަދި މި މަޢުލޫމާތު ހިމެނޭހެން މިހާރުވެސް ހުށަހަޅާ ޕްރޮފޯމާ އިންވޮއިސް / ޕްރޮފޯމާ އެކްސްޕޯޓް ފޯމުވެސް ޑިކްލަރޭޝަނާއެކު ހުށަހެޅުމަށްވެސް ދެންނެވީމެވެ.

މި ތާރީޚުގެ ފަހުން މިއުސޫލާ ޚިލާފަށް ހުށަހަޅާ އެކްސްޕޯޓް ޑިކްލަރޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

23 ފެބުރުވަރީ 2022
ހޯދާ