ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
އިޢުލާނު
މަޤާމް: |
މަސައްކަތު ( ޕާރކް ، އައުޓްޑޯ ޖިމް ) |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި |
ބިޑް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހިމަންދޫ ކައުންސިލް އިދާރާ |
ހުށަހެޅޭނެ އެންމެ މަތި އަގު |
2500ރ ( ދެހާސް ފަސްސަތޭކަ ރުފިޔާ ) |
މަޤާމު |
ޝަރުތު |
މަސައްކަތު |
އަސާސީ ތަޢުލީމު ފެންވަރު
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ހުށަހަޅާ ފަރާތަކީ މިފަދަ މަސައްކަތް ކުރެވޭނެ ޤާބިލް މީހަކަށް ވާންވާނެއެވެ.
- ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން 6:00 އަށް ޕާރކް ހުޅުވައި ލައްޕައި ބެލެހެއްޓުން
- ހަފްތާއަކު މަދުވެގެން 3 ދުވަހު ޕާރކްތެރެއާއި ޕާރކް އިންވެގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުން
- ޕާރކްތެރޭގައިވާ ގަސްތަކަށް ކޮންމެ ދުވަހަކު 2 ފަހަރު ފެންދީ ބެލެހެއްޓުން
- ޕާރކް ތެރޭގައި ގަސްހައްދާ ބެލެހެއްޓުން
- ޕާރކްތެރޭގައިވާ ތަކެތިތައް ސާފުކޮށް ބެލެހެއްޓުން
- އައުޓްޑޯ ޖިމް ހިމެނޭ ބައި ކޮންމެ ހަފްތާއަކު 1 ފަހަރު ވިނަ ނޮޅުން
- އައުޓްޑޯ ޖިމް ހިމެނޭ ސަރަހައްދު ކޮންމެ ހަފްތާއަކު 3 ފަހަރު ކުނި ކެހުން
- 9. އައުޓްޑޯ ޖިމްގައި ބޭނުންކުރާ ސާމާނު ފޮޅައި ސާފުކޮށް ބެލެހެއްޓުން
ހުށަހަޅަން ޖެހޭ ލިޔުންތައް:
- 1. މަޤާމުގެ އަސާސީ ޝަރުތު ހަމަވާ ލިޔެކިޔުމާއި ތަޢުލީމީ ފެންވަރު އަންގައިދޭ އިތުރު ލިޔުންތައް
- 2. މި ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- 3. ހުށަހަޅާ އަންދާސީ ހިސާބު
މާރކްސް ދިނުމުގައި ބެލެވޭ ކަންތައްތައް
ތަޖްރިބާއަށް 20 ޕޮއިންޓް |
01 |
ލިބިފައިވާ ތަޢުލީމް 10 ޕޮއިންޓް |
02 |
ހުށަހަޅާ އަގަށް 70 ޕޮއިންޓް |
03 |
- ތަޖުރިބާ އިން ލިބޭ ޕޮއިންޓް ދެވޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށްފައިވާ މުއްދަތަށް ބަލައި، ހުށަހަޅާ ލިޔުމަށް އެކަންޏެވެ.
- ތަޢުލީމީ ބައިގެ މާރކްސް ދެވޭނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ކިޔަވާފައިވާ ގްރޭޑްއަށް ބަލައި ތަޢުލީމީ ބަޔަށް މާރކްސް ދެވޭނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (28 ފެބްރުއަރީ 2022) ގެ (14:00) ގެ ކުރިން، (ހިމަންދޫ ކައުންސިލް އިދާރާ) އަށެވެ. ނުވަތަ ހިމަންދޫ ކައުންސިލް އިދާރާގެ އީމެއިލް [email protected] އަށެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6660061) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.