ދިވެހިރާއްޖެ
އިޢުލާން
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޕީ.ސީ.އާރު ލެބް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނު GRH/IU/2022/01 ބާތިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް https://forms.gle/6Q51yfYfobF3TX7r5 ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީހިސާބު ހުށަހެޅުމަށް |
02 މާރިޗު 2022 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން |
06 މާރިޗު 2022 (އާދީއްތަ) ދުވަހުގެ 13:00 (ގުރަހަ) |
ޕްރީބިޑް މީޓިންގ 03 މާރިޗު 2022 (ބުރާސްފަތި) ދުވަހުގެ 11:00 ގައި އޮންނާނެއެވެ. މި މީޓިންގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
22 ރަޖަބު 1443ހ
23 ފެބްރުއަރީ 2022މ