ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

ތޮއްޑޫ ސްކޫލް

އއ.ތޮއްޑޫ

ދިވެހިރާއްޖެ                                                                             ނަންބަރ: GS66/IUL/2022/05

އިޢުލާން

2022 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

                2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ:  GS66/IUL/2022/01 ( 05 ޖަނަވަރީ 2022 ) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2022 ފެބްރުއަރީ 23 ވާ ބުދަ ދުވަހުން ފެށިގެން 2022 މާރޗް 03 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އަށް  ސްކޫލް އޮފީހަށް ޙާޝިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

 ތޮއްޑޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2022 މާރޗް 06 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

                   އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުމަށް ދަންނަވަމެވެ.

                     ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު: 6660819 އާއި ގުޅުއްވުން އެދެމެވެ.

 

                     22   ރަޖަބު   1443

                    23 ފެބްރުއަރީ  2022  

23 ފެބުރުވަރީ 2022
ހޯދާ