އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ބޭނުންކޮށްފައިވާ "ވޭން" ނީލަން ކިޔުމާއިބެހޭ

އިޢުލާން

 

ނީލަންކިޔުމާއިބެހޭ

            މި އިދާރާގައި ބޭނުން ކޮށްފައިވާ "ވޭން" ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ -/35،000 ރ. (ތިރީސް ފަސްހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑައަގަކީ -/5،000ރ. (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ވެހިކަލް ގަތުމަށް ބޭނުންވާ އަގުހުށަހަޅާނީ NL.04 ފޯމް ފުރިހަމަކޮށް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ނުވަތަ، މި އިދާރާގެ [email protected] މެއިލްއެޑްރެހަށް މެއިލްކޮށްގެންނެވެ. އަގުހުށަހަޅާ ފޯމް،މިއިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

            ކޮންމެ ދުވަހަކު 12:30 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކްޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

            ވެހިކަލާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު: 6680507 އަށް ގުޅުންއެދެމެވެ.

            ނީލަމުން ވެހިކަލް ލިބޭ ފަރާތުން މި އިދާރާއަށް ފައިސާ ދެއްކުމުން ވެހިކަލް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ. ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަށް ބާޠިލްކުރެވޭނެއެވެ.

ވެހިކަލްގެ މަޢުލޫމާތު

  • ބާވަތް:              ވޭން
  • ރަޖިސްޓަރީ ނަންބަރު:     B1A4236
  • މޮޑެލް:              Toyota

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

23 ފެބުރުވަރީ 2022
ހޯދާ