ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޝަރީޒް މިނިސްޓްރީ އާއި މިކައުނިސިލް އާއި ގުޅިގެން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސް އިން މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިރިގޭޝަން ސިސްޓަމް ބަހައްޓައިގެން ދަނޑުވެރިކަން ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެ މިނިސްޓްރީ އާއި މިކައުންސިލް ގުޅިގެން 40 ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ މިފުރުޞަތު ހޯނޑެއްދޫ ދަނޑުވެރިންނަށް ހުޅުވައިލަމެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ހޯނޑެއްދޫގެ ދަނޑުވެރިންނަށެވެ. މި ޕްރޮގްރާމުގައި ފުރުޞަތު ދެވިގެންދާނީ ގިނަވެގެން 40 ދަނޑުވެރިންނަށް ކަމަށްވާތީ، މި ޢަދަދަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް 40 ދަނޑުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މި ކައުންސިލުގެ އިދާރާގައި ނަގާ ޤުރުއަތަކުން ކަމުގައި ދަންނަވަމެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ދަނޑުވެރިން 2022 ފެބުރުވަރީ 27 ވަނަދުވަހުގެ 12:00ގެ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް ހުށަހަޅުއްވާނީ 2022 ފެބުރުވަރީ 26 ވަނަދުވަހުގެ ނިޔަލަށް މިއިދާރާގެ [email protected] އަށް މެއިލް ފޮނުއްވައިގެންނެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފޯމް މިކައުންސިލްގެ އިދާރާގެ ވެބްސައިޓް www.gdhhc.gov.mv އިންނާއި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން އަދި މިއިޢުލާނާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ފެބުރުވަރީ 2022
ހޯދާ