ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މ.ގޯލްޑަންސަންބީމް އިމާރާތުގެ ބައެއް މަރާމާތުތައް ކުރުން

     

އިޢުލާނު ނަންބަރު:

(IUL)120-D/1/2022/22

   

ޕްރޮޖެކްޓުގެ ނަންބަރު:

120-D/LG /2022/NCS04

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މ.ގޯލްޑަންސަންބީމް އިމާރާތުގެ ބައެއް މަރާމާތުތައް ކުރުން

  1. މ. ގޯލްޑަންސަންބީމް އިމާރާތުގެ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 3. މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ދިނުން 2022 މާރޗް 01 ވާ އަންގާރަ ދުވަހު 10.00 ގައި މ. ގޯލްޑަންސަންބީމް (ހަވީރީހިނގުން) ގައި އޮންނާނެއެވެ.

 4.  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރޗް 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 5.  ބިޑް ހުޅުވުން އޮންނާނީ 2022 މާރޗް 06 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކްއެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 3 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.

 6.  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މެނޫ މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 7.  މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން:  4003956 7912293/އިންލިބިވަޑައިގަންނަވާނެއެވެ.

 

22 ރަޖަބު     1443

23 ފެބްރުއަރީ  2022

23 ފެބުރުވަރީ 2022
ހޯދާ