ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ޗާޕް މެޝިނެއް ހޯދުމަށް

އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2022/4

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ޗާޕް މެޝިނެއް ހޯދުމަށް


  1. މިސެންޓަރަށް ޗާޕް މެޝިނެއް ގަތުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސެންޓަރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06  މާރިޗް 2022 ވާ އާދިއްތަ ދުވަހުގެ  ހެނދުނު 10:00ގައި މިސެންޓަރުގައެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 މާރިޗް 2022 ވާ ހޮނިހިރު ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. މިމެޝިނަކީ ޑިޖިޓަލްކޮށް ސްކޭންކޮށް އޭފޯ ސައިޒްއަށް ޕްރިންޓްކުރެވޭ މެޝިނަކަށް ވާންވާނެއެވެ. ބިޑް ހުށައަޅާއިރު މެޝިންގެ ތަފްސީލް މައުލޫމާތު ހިމެނޭ ކޯޓޭޝަނެއް ހުށައަޅަންވާނެއެވެ. އަދި ވިއްކާ މެޝިނަކީ ސަރވިސް ކުރުމުގެ ޚިދުމަށް ރާއްޖެއިން ފަސޭހައިން ލިބެންހުރި އަދި މެޝިނަށް ބޭނުންވާ މާސްޓަރރޯލް އަދި ދެލި ރާއްޖެއިން ފަސޭހައިން ލިބެންހުރި ބްރޭންޑްގެ މެޟިނަކަށް ވާންވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ލިލީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3321330 / 7747673

އީ-މެއިލް: [email protected]

 

21 ރަޖަބު 1443

22  މާރިޗު  2022

22 ފެބުރުވަރީ 2022
ހޯދާ