ދިވެހިރާއްޖެ
ނަންބަރ(IUL)NSA-VAM/NSA-VAM/2022/3 :
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022
މުޅި ދިވެހި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ހުޅުވާލައިގެން ޒުވާނުންނާއި ވޮލީބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި ވޮލީބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި މި އެސޯސިއޭޝަންގެ ފަރާތުން ' ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 " ނަމުގައި މުބާރާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ދަންނަވަމެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލެވިގެން އަތޮޅު ލެވެލް އަދި ޒޯން ލެވެލްގައި އަންހެން އަދި ފިރިހެން ޑިވިޜަން ޓީމްތައް ބައިވެރިކުރުވޭ ގޮތަށް ކަމުގައި ދެންނެވީމެވެ.
ވިމާ މި އެސޯސިއޭޝަނާއި އަތޮޅު އަދި ސިޓީ ކައުންސިލް ތަކާގުޅިގެން މި މުބާރާތް ހޯސްޓް ކުރާނެ ފަރާތެއް ކަނޑައަޅައި އަދި މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑައެޅުމުން ވަކިވަކި އަތޮޅު އަދި ސިޓީތަކުގައި މި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލެވޭނެ ކަމުގައި ދެންނެވީމެވެ.
' ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 " ގެ ޤަވާޢިދު މި އިޢުލާނާއިއެކު ޝާޢިރުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ . ވީމާ، މި ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 ފެބްރުވަރީ 2022