ދިވެހިރާއްޖެ
މި ކުންފުންޏަށް ތިރީގައި ތަފުސީލު ކުރެވިފައިވާ ވެހިކަލް ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
.No |
Description |
Weight |
Qty |
UoM |
Condition |
1 |
Road Roller |
Between 3 to 5Tons |
01 |
Nos |
Reconditioned / Second Hand |
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަން ފޮތަށް ފައިސާ ދެއްކުން |
ޓީސީއެލް ހެޑްއޮފީސް |
10 ދުވަސް(ރަސްމީ) |
25 އޮގަސްޓު 2014 އިން 07 ސެޕްޓެންބަރު 2014 |
08:30 އިން 13:00 |
ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
08 ސެޕްޓެންބަރު 2014 |
09:00 އިން 13:00 |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑްއޮފީސް |
ބުރާސްފަތި |
18 ސެޕްޓެންބަރު 2014 |
10:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
30 ސެޕްޓެންބަރު 2014 |
10:30 ގައި |
- ބީލަން ފޮތުގެ އަގަކީ 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 1,500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 60 ދުވަހެވެ.
- ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ދައްކަންވާނެއެވެ.
- ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ (ފަނަރަ އިންސައްތަ އަށްވުރެ ބޮޑު ނުވާގޮތަށް) ހަމަޖެހޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
-
އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ.
-
ހުށަހަޅައިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
-
މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
-
ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
29 ޝައްވާލު 1435