ދިވެހިރާއްޖެ
ހިދާޔާސްކޫލް
ނ.މިލަދޫ
ނަންބަރު:GS116-IUL/2022/004
އިޢުލާނު
|
|||||||||
މަޤާމު: |
މަސައްކަތު |
||||||||
މަޤާމުގެ ނަންބަރު: |
J-227690 |
||||||||
ބޭނުންވާ އަދަދު: |
01 |
||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||
މަޤާމުގެ ރޭންކު: |
އެސް.އެސް 1 |
||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހިދާޔާސްކޫލް / ނ.މިލަދޫ |
||||||||
މުސާރަ: |
3100.00 ރ. |
||||||||
ސަރވިސް އެލަވަންސް: |
1000.00 ރ. |
||||||||
އެހެނިހެން އެލަވަންސް: |
1- ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 1200.00 ރުފިޔާ 2- މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދައްވުރެ މަދުން ލިބޭނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ލިބޭނެއެވެ. 3- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 5- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސްކޫލް އިމާރާތާއި ގޯތިތެރެ އަދި ވަށައިގެންވާ މަގުތަކުން ހަވާލުކުރެވޭ ބައިތައް ކުނިކަހާ ވިނަ ނޮޅާ ސާފްކޮށް ބެލެހެއްޓުން 2- ބަންދުނޫން ކޮންމެ ދުވަހަކު ކުލާސްތައް ކުނިކަހާ ސާފްކުރުމާއި ގޮނޑިތަކާއި ޑެސްކުތައް ފޮޅާ ސާފްކުރުން 3- ތަށިމުށި ޖަހާފައިވާ ކުލާސްތަކާއި އެހެނިހެން އިމާރާތުގެ ތަޅުމުގައި މޮޕްލާ ސާފުކުރުން 4- ސްކޫލް އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، ޕްރެޔާ ރޫމް، ސެކިއުރިޓީރޫމް އަދި ފާޚާނާ ތެރެއިން ހަވާލުވެފައިވާ ތަންތަނާއި އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހާތަކެތި ހިރަފުސްފޮޅާ ސާފުކުރުން 5- ސްކޫލުގެ އިމާރާތްތަކުގެ ދިޔަދޮވިތައް ދޮވެ ސާފްކުރުމާއި، ސާފްތާހިރުކަމާއިއެކު ބޯފެންނެގުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން 6- ސްކޫލް ގައި ބޭއްވޭ އެކިއެކި ބައްދަލުވުންތައްކަށް ހޯލު އެތުރުމާއި ގޮޑިމޭޒުޖެހުން 7- ސްކޫލުގެ ދޮރުތަކާއި ދޮރުފަތްތައް ފޮޅާ ސާފްކުރުމާއި ދޮރުފަތްތައް ހުޅުވާ ލެއްޕުން 8- ކަރަންޓުގެ ދިއްލުންތަކުގެ ތެރެއިން އަނދާ ހޮޅިބުރި ބޮކިފަދަ ތަކެތި ބަދަލުކުރަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދިއްލޭފަދަ ގޮތަކަށް އެތަކެތި ބެހެއްޓުން 9- ސްކޫލް އިދާރީމުވައްޒަފުންނަށާއި މުދައްރިސުންނަށް ސްކޫލާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން 10- ސްކޫލްގެ ދަރިވަރުންނާއި ސްކޫލްގެ ކުރިއެރުމަށް ރާވައިގެންހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި އެކަމެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެހަރަކާތެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން 11- ސްކޫލްގައި ފާހަގަކުރާ ދުވަސްތަކާއި، މުނާސަބަތުތަކުގައި ޙަވާލްކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން 12- ޗުއްޓީއާއި، ސަލާމާއި، ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން 13- އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން 14- ސްކޫލް ގޯތިތެރޭގައި ހުރި ރުއްގަހާއި ބަގީޗާ ސްކޫލުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން 15- ހަވާލުކުރެވިފައިވާ ސަރަޙައްދުގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަންވަގުތުން އިސްވެރިޔަކަށް އެންގުން 16- ސަރުކާރު މުވައްޒަފެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި ބައިވެރިވުން 17- ބަނދަރުން ސްކޫލަށް ގެނަންޖެހޭ މުދާ ސްކޫލަށް ގެނައުމާއި ސްކޫލުން ބަނދަރަށް ގެންދަންޖެހޭ ތަކެތި ބަނދަރަށް ގެންދިއުން 18- ސްކޫލުގެ ބަގީޗާހެއްދުމާއި ފެންދީ ބެލެހެއްޓުން |
||||||||
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަން އެގުން ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ: ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް
މަގާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން ނެތް
|
|||||||||
މަޤާމުގެ މަސައްކަތު ދާއިރާތައް: ފޮޅާސާފުކުރުން
|
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.
|
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ ގެ 13:00 ގެ ކުރިން، ހިދާޔާސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 މާރޗް 2022 އާއި 07 މާރޗް 2022 އާ ދެމެދު، ހިދާޔާ ސްކޫލް ގައެވެ. |
||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560572 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
21 ރަޖަބު 1443