ދިވެހިރާއްޖެ
އިޢުލާން
ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން |
މިއިދާރާއިން ދޫކުރާ މަޢުލޫމާތައި އެއްގޮތަށް ބަޔާންކުރެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ސައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުން ފެށިގެން 28 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/cwe7CKtHEHP1vUmc8
އިތުރު މަޢުލޫމާތު:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އިދާރާގެ ފޯނަށް 6540041 ގުޅުއްވައި، ނުވަތަ އީމެއިލް ކުރައްވާއި 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ. އިދާރާގެ އީމެއިލް އެޑްރެސް [email protected] ކަމުގައި ދަންނަވަމެއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.
ބީލަން ބަލައިގަތުން
މިއިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު / ނުވަތަ ކޯޓޭޝަން ހުށަހަޅާނީ 01 މާރޗް 2022 ވާ (އަންގާރަ) ދުވަހުގެ 12:00 އަށް ށ.ކަނޑިތީމު ކައުންސިލް އިދާރާ އަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރިގެ ޤާނޫނުގެ)ގެ ދަށުން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
20 ރަޖަބް 1443
21 ފެބުރުވަރީ 2021