ދިވެހިރާއްޖެ
(IUL)321/321/2022/42 :ނަންބަރު
އިޢުލާނު
އެގްޒަމިނަރުން ހޯދުން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
އަންހެން އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
- ޝަރުޠު:-
* ދަށްވެގެން A0, A1 ގިންތީގެ ލައިސަންސް އޮތުން
* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން
* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުން
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން
ފިރިހެން އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
- ޝަރުޠު:-
* ދަށްވެގެން A0, A1, B1, B2, C1, C2, C3, C4 ގިންތީގެ ލައިސަންސް އޮތުން
* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން
* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުމާއި ރަގަޅު ޞިއްޙަތެއްގައި ހުރުން
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން
- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 07 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
20 ރަޖަބު 1443