މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވޭނުގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމަށް

މި މިނިސްޓްރީގެ ވޭން (B1A4486) ގެ އިންޖީނު ބަދަލު ކުރުމާއި އެހެނިހެން މަރާމާތުކުރުމާއި އެމްބިއުލާންސެއްގެގޮތުގައި ބޭނުންކުރުމަށް މޮޑިފައިކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު  11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ