މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘެއް ހޯދުން

އިޢުލާން

 

1443 ވަނަ އަހަރުގެ ރަމަޟާންމަހު ނ. މަގޫދޫ މަސްޖިދުލް އިސްރާގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރަން ބޭނުންވާ ދިވެހި ޙާފިޘުންނަށް ފުރުޞަތު ހުޅަވާލަމެވެ.

 

ވީމާ، 1443 ވަނަ އަހަރު ނ. މަގޫދޫ މަސްޖިދުލް އިސްރާގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން "ދިވެހި ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ލިޔުންތަކާއެކު، 2022 ފެބްރުވަރީ 27 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ދިވެހި ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިންނާއި  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.

 

އުޖޫރަ ( އެލަވަންސް ):

 

                 ދިވެހި ޙާފިޘުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ކޮންމެ ރެޔަކަށް -/500 ( ފަސްސަތޭކަ ) ރުފިޔާގެ މަގުންނެވެ.

 

                 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.            

 

21 ފެބުރުވަރީ 2022
ހޯދާ