މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް 06 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 06 (ހައެއް) ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނަށް (ނަންބަރު: (IUL)304-EDS/304/2022/12 ހުށަހަޅާފައިވާ އަގު އެކަށީގެންނުވާކަމަށް ފާހަގަ ކުރެވޭތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2022 އިން ފެށިގެން 24 ފެބްރުއަރީ 2022  ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ. މެއިލް ފޮނުއްވާއިރު އިޢުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

  • ކުންފުނީގެ ނަން.
  • ކުންފުނީގެ މެއިލް.
  • ގުޅޭނެ މޮބަލް ނަންބަރ.

 

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27 ފެބްރުއަރީ 2022

އާދީއްތަ

11:00

އަންދާސީ ހިސާބު ހުށައެޅުން

02 މާޗް 2022

ބުދަ

11:00

މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވޭނީ ހަމައެކަނި ބިޑުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވި ނަމަވެސް ބިޑުގައި ބައިވެރިވެވޭނެއެވެ.   

އިތުރު މަޢުލޫމާތު

އަގު

85%

ފޯރުކޮށްދޭނެ މުއްދަތު

15%

     ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

21 ފެބުރުވަރީ 2022
ހޯދާ