ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ތަކުގައި ކުލަލުން

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/10

ތާރީޚް

‏ 20  ރަޖަބް  1443

 21 ފެބުރުއަރީ 2022

 

މިސްކިތްތަކުގައި ކުލަލުން

 

މިކައުންސިލުން ކުލަޔާއި ދަވާދު ދިނުމުން މިރަށު މަސްޖިދުލް ހުދާ،މަސްޖިދުލް އިކްރާމް އަދި މަސްޖިދުލް އަންވާރު ގައި ކުލަޔާއި ދަވާދު ލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.

  1. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
  2. މަސްޢޫލުވާ ފަރާތުގެ ނަން
  3. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
  4. އީމެއިލް އެޑްރެސް
  5. ގުޅޭނެ ފޯނުނަންބަރު

އަންދާސީ ހިސާބް ހުށަހެޅުން

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

02 މާރޗް 2022

ބުދަ

13:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

06 މާރޗް 2022

އާދީއްތަ

12:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                                                                                                                                                                           

‏20‏   ރަޖަބް ‏ 1443

‏21‏ ފެބްރުއަރީ‏ 2022                 

                                                             ޙާޝިރު މުޙައްމަދު

                                                          ކައުންސިލްގެ ނާއިބް ރައީސް

21 ފެބުރުވަރީ 2022
ހޯދާ