މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
120 ކިލޯވޮޓުގެ ޖަނަރޭޓަރ ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް ރ.ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ބަހައްޓާފައި ހުރި 120 ކިލޯވޮޓުގެ "ހިމޮއިންސާ" ބްރޭންޑުގެ ޖަނަރޭޓަރަށް 1000 ގަޑިއިރު ހަމަވެގެން އެ ޖަނަރޭޓަރ އަމިއްލަ ތަކެތީގައި ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 1 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާއި 4 ސެޕްޓެމްބަރ 2014ގެ 15:00ގެ ކުރިން ލިޔުމުން ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅޭނެއެވެ. ބަންދުކުރެވިފައިވާ އަންދާސީހިސާބުތައް 8 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުއްވަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުޅުވުން އޮންނާނީ 8 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ 14:05 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 ، ފެކްސް: 3018301

އީމެއިލް: [email protected]

25 އޮގަސްޓް 2014
ހޯދާ