މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ފީސިބިލިޓީ ސްޓަޑީއެއް ހެދުން

މި ކުންފުނީގެ ނަންބަރުMPL-PRC/TND/2014/007   އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. މާލޭ ކޮމާޝަލް ހާބަރުގެ އެލޯންގް ސައިޑް ބާތު (މަގަތުފާލަން) ގެ ސްޓްރެންތް ދެނެގަނެ އެކްސްޓެންޑް ކުރުމަށް ބޭނުންވާތީ މި ކަމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީއެއް ހެދުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 31 އޮގަސްޓު 2014 އިން 04 ސެޕްޓެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/500 ރ (ފައްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ  ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓުގެ ޕްރީބިޑް މީޓިންގ އޮންނާނީ 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގައި، މި ކުންފުނީގެ ހެޑްއޮފީހުގައެވެ.

އަދި، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގައެވެ. ބިޑްތައް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ ބަހައްޓަންވާނެއެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ