ދިވެހިރާއްޖެ
(IUL)337-C-AB/337/2022/14 ނަމްބަރ
އިޢުލާން
މާފުށި ސްކޫލް ބެލެނިވެރިންގެ ހިޔާ ހެދުމަށް އިންފާރަށް ބަދަލުގެނައުމާއި ގުޅޭ؛
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މާފުށި ސްކޫލްގައި ބެލެނިވެރިންގެ ހިޔާ ހެދުމަށް އިންފާރަށް ބަދަލުގެންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
ބީލަން ރަޖިސްޓްރީ ކުރުން: |
2022 މާރޗް 02 ވަނަ ދުވަހުގެ 12:00 ގެކުރިން |
ބީލަން ހުށަހެޅުން: |
2022 މާރޗް 02 ވަނަދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް، |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
20 ފެބްރުއަރީ 2022