މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިދޭސީން ގެނައުމަށްދައްކާ ޑިޕޮސިޓް ރީފަންޑް ކުރުމާބެހޭ

އިޢުލާން

 ބިދޭސީން ގެނައުމަށްދައްކާ ޑިޕޮސިޓް ރީފަންޑް ކުރުމާބެހޭ

ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމް ތެރެއިން، ސަރުކާރަށް  ނަގާފައިވާ ޑިޕޮސިޓް ފައިސާ، އެ ފައިސާގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑުކޮށްދިނުމުގެ މަސައްކަތް، މި މިނިސްޓްރީގެ އިއުލާން ނަންބަރު (IUL)101-LES/1/2019/235 ގެ ދަށުން، 21 ޖުލައި 2019 އިން ފެށިގެން މި ގެންދަނީ ކުރަމުންނެވެ. މިގޮތުން، 21 ޖުލައި 2019 އިން ފެށިގެން މިއަދާއި ހަމަޔަށް، ސަރުކާރުގައި ބެހެއްޓިފައިވާ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ތެރެއިން  549,241,703(ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން ދުއިސައްތަ ސާޅީސް އެއްހާސް  ހަތްސަތޭކަ ތިން ރުފިޔާ) ވަނީ އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލު ކުރެވިފައެވެ.  

އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އެކި ދުވަސްވަރު ދައްކާފައިވާ ޑިޕޮސިޓް ފައިސާވެސް، އޭގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑް ކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިގޮތުން، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެކި ދުވަސްވަރު ބެލެހެއްޓި ސަރުކާރުގެ އެކި އެކި އިދާރާތަކަށް ދައްކާފައިވާ ފައިސާގެ ތެރެއިން ރީފަންޑް ކުރަންޖެހޭ ޑިޕޮސިޓް ފައިސާގެ މަޢުލޫމާތު ރީފަންޑް ކުރުމަށް އެދޭފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން، އެފަރާތްތަކުގެ މަސައްކަތަށް ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާގެ ރިފަންޑް ބޭނުންވާނަމަ، އެފަރާތްތަކުން  ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތަފްސީލް، މި ލިންކް  https://refunds.trade.gov.mv މެދުވެރިކޮށް 20 ފެބްރުއަރީ 2022 އިން ފެށިގެން 20 ޖޫން 2022 ގެ ނިޔަލަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ރީފަންޑް ކޮށްދިނުމަށް އެދި ހުށަނާޅާ ފަރާތްތަކަށް އިތުރުފުރުސަތެއް ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

ރިފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ޑިޕޮސިޓް ފައިސާ އޭގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑް ކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީއިން 20 ޖުލައި 2022 ން ފެށިގެން ކުރިއަށްގެންދާނެ ކަމުގައިވެސް ދެންނެވީމެވެ.

20 ފެބުރުވަރީ 2022
ހޯދާ