ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

އިޢުލާން

އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

                ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އިޖްތިމާޢީ ސަރަހައްދު ތަކުގެތެރޭގައިހިމެނޭ ކުނިކަހައި ސާފުކުރަން ބޭނުންވާ ސަރަހައްދު ތަކަކަކީ:

1- ކިނބިދޫގެ މޫނުމަތި ސަރަހައްދާއި، ބަނދަރު ސަރަހައްދު  (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)

2- ފުޓްބޯޅަ ދަނޑުގެ ވަށައިގެން މަގު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                       

3- ޕްރީސްކޫލް ގޯތި މަގާއެކު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                            

4- ރަތްވިލާގެ ގޯތި މަގާއެކު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                                

5- އޯކިޑްވިލާ ގޯތި މަގާއެކު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                               

7- މަސްޖިދުލް ނޫރު ގޯތީގެ އެތެރެއާއި ބޭރު މަގާއެކު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                 

8- ޤަބުރަސްތާނުގެ ވަށައިގެންވާ މަގުތައް (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                        

9- މަސްޖިދުލް ޒަހުރާ ގޯތި ވަށައިގެންވާ މަގުތަކާ ގޯތީގެ އެތެރެ (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)          

10- ކިނބިދޫ ސްކޫލްގެ އިރުން އޮންނަ ސަރަހައްދު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)                   

11- ކިނބިދޫ ފެނަކަ އެޑްމިން ބިލްޑިންގ ގެ ދެކުނުން އޮތް ހުސް ބިންކޮޅު (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)        

12- ފެނަކަ އެޑްމިން ބިލްޑިންގ ހުޅަގުން، ކުޑަކުދިންގެ ޕާކުގެ ދެކުނުން ކިނބިމާގެ އާ ހަމައަށް އޮތް ބިން (ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް)

13- ކުޑަކުދިންގެ ޕާކާއި އައުޓްޑޯރ ޖިމްގެ  އޭރިޔާ ( ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް )

  އިޖްތިމާޢީ ސަރަހައްދު ކުނިކެހުމުގެ އަގު މަހަކަށް -/16000 ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.  މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 28 ފެބުރުވަރީ 2022 ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެހެންކަމުން، އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިޞިއްޔަތަކުންނެވެ. އަދި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 މާރިޗް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިކައުންސިލުގައި، ބީލަމަށް ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތެއްގެ ޙާޟިރުގައެވެ. ބިޑް ހުށަހަޅުއްވާ ފޯމް ކައުންސިލުގެ އިދާރާއިންވެސް ލިބެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. ކުނިކަހައި ސާފުކުރަންޖެހޭ ތަންތަން ފާހަގަ ކުރެވިފައިވާ ރަށުގެ ޗާޓެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނަށެވެ.

 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

- މަސައްކަތުގެ އަގަށް  %20 (ހުށަހެޅޭ އެންމެ ކުޑައަގު )

 - މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނަށް %80 (  މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ހުށަހަޅުއްވާ މަސައްކަތު ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މިމަސައްކަތާ ގުޅުންހުރި ކަންތައްތަކަށެވެ. )

 - އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.                              

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

20 ފެބުރުވަރީ 2022
ހޯދާ