ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް - 1 ކޮޓަރީގެ އެޕަރޓްމަންޓެއް ކުއްޔަށްހިފުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށި ކެމްޕަހުގެ ބޭނުމަށް 01 ކޮޓަރީގެ އެޕާރޓްމެންޓެއް 11 މަސްދުވަހަށް (ޑިސެމްބަރ 2022ގެ ނިޔަލަށް) ކުއްޔަށް ހިފުމަށް 14 ފެބުރުވަރީގައި ކުރި އިއުލާންMNU-KC/2022/04 ބާޠިލުކޮށް އަލުން ޢިއުލާން ކުރީމެވެ.

ކުއްޔަށް ހިފުމަން ބޭނުންވާ އެޕަރޓްމަންޓްގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި މި ހިމަނާލަނީއެވެ.

  1. މިއީ މިކެމްޕަހުގައި މަސައްކަތްކުރައްވާ ލެކްޗަރަރ ތިއްބެވުމަށް 11 މަސްދުވަހަށް ( 31 ޑިސެމްބަރ 2022ގެ ނިޔަލަށް) މުއްދަތަށް ކުއްޔަށްހިފާ ތަނެކެވެ.
  2. މި އެޕަރޓްމަންޓެއްގައި މަދުވެގެން 1 ކޮޓަރީގެ އިތުރުން ސިޓިންގ ރޫމާއި ބަދިގެ ހުންނަންޖެހޭނެއެވެ.
  3. އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މައިގަނޑު ފަރުނީޗަރާއި އެހެންނިހެން ސާމާނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ އެނދާއި، އަލަމާރި، މޭޒު، ގޮނޑި، ގޮދަނޑި، ސިޓިން ރޫމް ގޮނޑި ސެޓް، ޓީވީ (ރެކާއެކު)، ދޮންނަމެޝިން، ކައްކާ ގޭސް، އުނދުން، ކާމޭޒު ގޮނޑިއާއެކު އެވެ. މީގެ އިތުރުންވެސް ބޭނުންހިފޭނޭ އިތުރު ސާމާނުހުރުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެ ކަމެކެވެ. އެޕާޓްމަންޓްގެ ބޭރަށް ހުންނަ ދޮރުތަކުގައި ޖާލީ ނުވަތަ ތޭރިހުންނަންވާނެއެވެ.
  4. މި އެޕަރޓްމަންޓްގައި ބޯފެން ނެގޭނެ އިންތިޒާމް ނުވަތަ ސަޕްލައިފެން ލިބެން ހުންނަންވާނެއެވެ. އަދި ފާޚާނާ ހުންނަންވާނީ އެމް.ޑަބްލިޔު.އެސް.ސީގެ ފާޚާނާ ނިޒާމާ ގުޅިފައެވެ.
  5. އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މަރާމާތެއް ކުރަން ހުރިނަމަ އެކަން ފުރިހަމަކުރުމަށްފަހުގައެވެ.
  6. އަގުހުށަހަޅާއިރު، އެޕާޓްމަންޓްގައި ހުރި މައިގަނޑުތަކެތީގެ ލިސްޓަކާއި، ފްލޯޕްލޭން ހުށަހަޅަންވާނެއެވެ.

 

 

މަސައްކަތާއި ގުޅިގެން ޕޮއިންޓްދެވޭނޭ އުސޫލުތައް:

 

ކުލި

100%

 

އަންދާސީ ހިސާބާއެކު ހުށައަޅަން ޖެހޭ ތަކެތި:

1-    އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ

2-    އަންދާސީ ހިސާބު

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ފެބުރުވަރީ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހދ.ކުޅުދުއްފުށީ ކެމްޕަހަށް އެސްޓިމޭޓް ހުށައެޅުން އެދެމެވެ.

20 ފެބުރުވަރީ 2022
ހޯދާ