ދިވެހިރާއްޖެ
ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމާއި ގުޅޭ
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރަމަންޓްގެ ފަރާތުން ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތާއިއެކު ލިޔެކިޔުންތައް 21 ފެބްރުވަރީ 2022 ވާ ހޯމަދުވަހުގެ
14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ.
އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:
v އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
v ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
v ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.
v މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
v ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.
v މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.
v މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.
v މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތު
- ނަން:
- ދާއިމީ އެޑްރެސް:
- އައި.ޑީ ކާޑު ނަންބަރު:
ލިޔެކިޔުންތައް
- އެވޯޑަށް ހުށަހަޅާ ފަރާތުގެ އެވޯޑާއި ގުޅުންހުރި ސެޓްފިކެޓާއި ލިޔެކިޔުންތައް
- އެވޯޑަށް ހުށަހަޅާ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ އެވޯޑާއި ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.