އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއް ނަސްރު މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއް ނަސްރު މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

                          1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއް ނަސްރު މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 22 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ފޯނުނަމްބަރު 66600858 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރަށްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުމުގައި ސަމާލުކަންދޭންވީ ނުކުތާތައް

  • ކޯޓޭޝަން ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ ލެޓަރ ހެޑްގައެވެ.
  • ކޯޓޭޝަންގެ ޖުމްލަ އަގުގައި ޙާފިޛުގެ ދަތުރު ޚަރަދުތައް ހިމަނާފައިވުން
  • ކޯޓޭޝަންގެ ޖުމްލަ އަގުގައި ޙާފިޛުގެ ހުރުމާއި ކެއުމުގެ ޚަރަދު ހިމަނާފައިވުން
  • އަދި އެހެނިހެން ޚަރަދެއް ކުރަންޖެހޭނަމަ، އެޚަރަދެއްވެސް ކޯޓޭޝަންގެ ޖުމްލަ އަގުގައި ހިމަނާފައިވުން

                މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                16 ރަޖަބު 1443

17 ފެބުރުވަރީ 2022
ހޯދާ