ދިވެހިރާއްޖެ
2022 ގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތްކުރުމަށް ބޭނުންވާ މީހުން ހޯދުން
ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން 2022 ވަނައަހަރުގެ ސެޕްޓެންބަރު 13 ން 14 އަށް އަދި 17 ން 25 އަށް މުޅިރާއްޖޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތްކުރުމަށް މުޅިރާއްޖޭގައި ހަރަކާތްތެރިވުމަށް ބޭނުންވާ 4400 އެއްހާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މިގޮތުން މިކަމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.
ބޯހިމެނުމުގެ ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ހަފްތާގެ ތަމްރީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި މިތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުތަކުގެ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިއެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމައެވެ.
ވީމާ، ބޯހިމެނުމުގގެ ޢަމަލީ މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތައް މިބިއުރޯގެ ވެބްސައިޓް http://statisticsmaldives.gov.mv/applicationform/census2022 އިން އޮންލައިންކޮށް ޓްރޭނަރުން ނުވަތަ އެނިއުމަރޭޓަރުންގެ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ވީއެންމެ އަވަހަކަށް ހުށަހަޅައިދެއްވުމަށް ދެންނެވީމެވެ. މިގޮތުން ފޯމް ހުށަހެޅުއްވުމަށް މިހާރު ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚަކީ 31 މެއި 2022 އެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މިބިއުރޯގެ ވެބްސައިޓް އަދި މި މިބިއުރޯގެ ފޯނު ނަންބަރު 3008400 / 3008408 އަށް ގުޅުއްވުން އެދެމެވެ.
16 ރަޖަބު 1443
17 ފެބުރުވަރީ 2022