ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

 

 

     މާލެ،

އިޢުލާނު ނަންބަރު:

(IUL)120-D/1/2022/21

   ދިވެހިރާއްޖެ.

ޕްރޮޖެކްޓުގެ ނަންބަރު:

120-D/LG /2022/NCS03

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

  1.  މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކާއި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ކާރާއި، ވޭން އަދި ޕިކަޕުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، ނަންބަރު: IUL)120-D/1/2022/19 )   (14 ފެބްރުއަރީ 2022) އިއުލާނުގެ މައުލޫމާތު ފުރިހަމަނުވާތީ އެ އިއުލާން ބާތިލްކޮށް، ކާރާއި، ވޭން އަދި ޕިކަޕުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
  2.  މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3.  މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ޓެކްސީ ސެންޓަރުތަށް އެކަންޏެވެ.
  4.  މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ފެބްރުއަރީ 24 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި، މި ޑިޕާޓްމަންޓް ހިނގަމުންދާ ހ، އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
  5.  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 28ވަނަ ދުވަހުގެ10:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ، އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  6.  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7.  މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

16 ރަޖަބު 1443

17 ފެބްރުއަރީ 2022  

17 ފެބުރުވަރީ 2022
ހޯދާ