ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީމަރުކަޒުތަކުގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ތަންތަނުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ލެބޯޓްރީ ޓެކްނޮލޮޖިސްޓް
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: އެމް.އެސް 1
މުސާރަ: -/5610 ރުފިޔާ
ސާރވިސް އެލަވަންސް: -/2500 ރުފިޔާ
ޝަރުތު:
ލެބޯޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެފައިވުން.
މަސައްކަތް ކުރަން ހަމަޖެހިފައިވާ ރަށްތައް ބޭނުންވާ އަދަދު
- ނ.އަތޮޅު ހޮސްޕިޓަލް 1
- ދ.މީދޫ ޞިއްޙީމަރުކަޒު 1
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އެރަށަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.
މި ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ލިބިފައިވާ ލިބިފައިވާ ލެބޯޓްރީ ސެޓުފިކެޓާއި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގެ ރެޖިސްޓްރޭޝަން އަދި އައި.ޑީ ކާޑުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވައި ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.
މިކަމާބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014431، 3014438 ފޯނަށް ގުޅުއްވުން އެދެމެވެ.
------------------------------
23 ޝައްވާލު 1435