ދިވެހިރާއްޖެ
އިންޑިޔާގެ ޓެމިލްނާޑޫން ދިރޭ ބަކަރި އެތެރެކުރުމުގެ ހުއްދަދިނުމާ ބެހޭ
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓުގެ ބައެއް އަވަށްތަކުގައި ގެންގުޅުނު ދިރޭ ބައެއް ޖަނަވާރަށް އެންތްރެކްސް ބަލި ޖެހި، މަރުވުމާ ގުޅިގެން އިންޑިޔާގެ އެ ސްޓޭޓުން ދިރޭ ޖަނަވާރާއި، ޖަނަވާރުގެ މަސް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށް 18 ޖެނުއަރީ 2013 ގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހެލްތު އެލާރޓެއް ވަނީ ނެރެފައެވެ. ނަމަވެސް އެ ސްޓޭޓްގައި އެންތްރެކްސް ބަލި މިހާރު ކޮންޓްރޯލްކުރެވިފައިވާތީ، 2 މެއި 2013 ގައި ވަނީ އެ ހެލްތު އެލަރޓް އުވާލައިފައެވެ.
ވީމާ، މި މިނިސްޓްރީން ނެރެފައިވާ، ދިވެހިރާއްޖެއަށް ދިރޭޖަނަވާރު އެތެރެކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނާއި، މި މިނިސްޓްރީގެ ހުއްދަ ހޯދައިގެން އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓުން ދިވެހިރާއްޖެއަށް ދިރޭ ބަކަރި އެތެރެކުރަން ބޭނުންވާ، ހަމައެކަނި ތިރީގައި މިވާ ކަރަންޓީން ސްޓޭޝަނުން ސްޓޭޓް ވެޓެރިނަރީ ސެޓުފިކެޓު ގެންނަ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ހުޅުވިފައިވާކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
Animal Quarantine and Certification Service Station,
83, Pallikkarani,
Chennai – 601 302,
Telefax No. 00914422460659.
10 ރަޖަބު 1434