ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާގުޅޭ

އިޢުލާން

                                                         ނަމްބަރު: (IUL)262/262/2022/14

 

ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާގުޅޭ

 

އެދުރުކަލޭފާނު މިސްކިތާއި މަސްޖިދުލް މުނީރުގެ އާބާތުރަފިލުވާ ބައެއްކުދިކުދި  މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހު 11.00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަމްބަރ 19/2014 (އަމިއްލަ ފަރުދުންގެ ވިފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތަކުންނާއި ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ މިކަންއާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

16 ފެބުރުވަރީ 2022
ހޯދާ